ENGLISH
11 ޖޫން 2026
އަދިވެސް މިހުރީ ގުޅިގެން ސައީދުއާއެކު އައްޑޫއަށް ބަދަލެއް ގެންނަން: ސިނާން
25 އޭޕްރީލު 2026
|
ސިނާން ސައީދުއާއެކު.
އެންމެ މަޤްބޫލު
އަދިވެސް މަސައްކަތް ކުރަމުންދާނީ އައްޑޫ ސިޓީއަށް ބަދަލެއް ގެނައުމަށް، ޕްރައިމަރީގައި ވާދަކުރެއްވި އަހުމަދު ސައީދުއާއެކުގައި ގުޅިގެން ކަމަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ސިނާން މިފަދައިން ވިދާޅުވެފައިވަނީ، ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ވަނީ، އެ ދެބޭފުޅުންވެސް ދަތުރު ފެއްޓެވީ ގުޅިގެން އައްޑޫ ސިޓީއަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން ސިނާން ވަނީ އެ ޕޯސްޓުގައި، އަދިވެސް އޭނާ އާއި ސައީދު މަސައްކަތް ކުރައްވާނީ ގުޅިގެން އައްޑޫ ސިޓީ ކުރިއެރުވުމަށް ހެޔޮ ބަދަލެެއް ގެނައުމަށް މަސައްކަތް ކުރުމަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ސައީދުއާ ވާދަކޮށް ސިނާން ވަނީ 226 ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކޮށްފައެވެ. އެގޮތުން ސައީދަށް ހޯއްދެވުނީ 187 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމަށް 727 މީހަކު ޝަރުތު ހަމަވިއިރު، މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު ހޯއްދެވި އެވެ. އެ ވޯޓުފޮށިން ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ. ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދާއިރާއގެ ގޮނޑިއަށް ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ.