ENGLISH
26 ނޮވެމްބަރު 2024
ސައުތު ކެރޮލައިނާގެ ލެބޯޓަރީއަކުން ފިލައިގެން ދިޔަ 43 މަކުނުގެ ތެރެއިން އެއް މަކުނު ހޯދައިފި
10 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ސައުތު ކެރޮލައިނާގެ ޔެމަސީގައި ހުރި އަލްފާ ޖެނެސިސް ކިޔާ މެޑިކަލް ރިސާރޗް ފެސިލިޓީއަކުން ފިލައިގެން ދިޔަ 43 ރާމާމަކުނުގެ ތެރެއިން އެއް މަކުނު ރައްކާތެރިކަމާއެކު ހޯދައިފިކަމަށް އޮފިޝަލުން ހޮނިހިރު ދުވަހު ބުނެފިއެވެ. ނަމަވެސް، އަދިވެސް 42 މަކުނު ފިލައިގެން އުޅެއެވެ.
ބުދަ ދުވަހު މި މަކުނުތައް ފިލައިގެން ދިޔައީ އެ ތަނުގެ މުވައްޒަފަކު މަކުނުތަކަށް ކާންދީ ބަލާ ޗެކްކުރުމަށްފަހު ދޮރު ރަނގަޅަށް ނުލެއްޕުމުގެ ސަބަބުންނެވެ. މި މަކުނުތަކަކީ މެޑިކަލް ރިސާރޗަށް ބޭނުންކުރާ ރީސަސް މަކުނުގެ ބާވަތުގެ މަކުނުތަކެކެވެ.
ގިނަ މަކުނުތައް މިހާރުވެސް އުޅެނީ އެ ފެސިލިޓީގެ ވަށައިގެންވާ ސަރަހައްދުގައެވެ. އަދި ފެންސް މަތިން އެތެރެއާއި ބޭރަށް ފުންމަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. ހުކުރު އަދި ހޮނިހިރު ދުވަހުވެސް މި މަކުނުތައް ފެސިލިޓީގެ އެތެރޭގައި ތިބި މަކުނުތަކާއެކު މުޢާމަލާތްކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަލްފާ ޖެނެސިސްގެ ސީއީއޯ ގްރެގް ވެސްޓަގާޑް ވިދާޅުވެފައިވަނީ ހުރިހާ މަކުނުތަކެއް އަނބުރާ ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ. މި މަކުނުތަކަކީ ގާތްގަނޑަކަށް ޑޮމެސްޓިކް ބުޅަލެއްގެ ސައިޒުގެ، 7 ޕައުންޑް ހުންނަ އަންހެން މަކުނުތަކެކެވެ.
އަލްފާ ޖެނެސިސްއިންނާއި، ފެޑެރަލް ހެލްތު އޮފިޝަލުންނާއި ފުލުހުން ބުނެފައިވަނީ މިމަކުނުތަކުން އާންމު ސިއްހަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަލްފާ ޖެނެސިސްއަކީ މެޑިކަލް އަދި އެހެނިހެން ދިރާސާތަކަށް ބޭނުންވާ މަކުނު އުފައްދާ ތަނެކެވެ. އަދި މި ތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަކުނު ފޯރުކޮށްދެއެވެ.