ENGLISH
26 ނޮވެމްބަރު 2024
އާރބަން ސެންޓަރުތަކުގެ އާބާދީގެ މިންގަނޑަކީ މަދުވެގެން 10،000 މީހުން
10 ނޮވެމްބަރު 2024
|
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު
އެންމެ މަޤްބޫލު
އާރބަން ސެންޓަރުތަކުގައި އާބާދީގެ މިންގަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 10،000 މީހުންގެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެ ގޮތަށް ކަނޑައެޅުއްވީ އިންވެސްޓްމަންޓްތަކަށް ވެސް ބެއްލެވުމަށްފަހު ކަމަށެވެ. މީގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ޚިދުމަތްތަކާއި، އެހެނިހެން ޢުމްރާނީ ޚިދުމަތްތައް ދެވިފައިހުރި މިންވަރު ހިމެނެއެވެ. އަދި ރަށް ކައިރީގައި ފަޅެއް އޮތްނަމަ އެ ފަޅު ހިއްކައިގެން ރަށް ބޮޑުކުރެވޭނެ މިންވަރު ވެސް ބައްލަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިހާރު ކުރިއަށްދަނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނާއި ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ޕޮލިސީތައް އެކުލަވާލާނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ހުރިހާ ސިނާއަތަކަށް ވެސް ފުރުޞަތުތައް ފަހިވާނެ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާތްގަޑަކަށް މެދުރާއްޖެތެރެއަށް ބަހާލާފައި މި އޮތީ ހަތް އާރބަން ސެންޓަރ. މި މައި ރަށުގައި މީހުން އާބާދުވެއްޖެނަމަ ޚިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން." - ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ހަތް ރަށެއް ކަނޑައަޅުއްވައިފައެވެ. އެއީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދުއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުން ވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެގޮތް ހެދުމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއްގެ ގޮތުން، ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެށްޓާ ރައްޓެހި ރަށްތަކެއް ތަރައްޤީކުރެވިގެން ކަމަށެވެ. އާރބަން ސެންޓަރުތަކަކީ ރައްޔިތުންނަށް މަތީ ތަޢުލީމާއި ސިއްޙީ ފުރުޞަތުތަކުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ތަންތަން ކަމަށް ވަޒީރު ވިދާޅުވިއެވެ.