ENGLISH
18 އޭޕްރީލު 2025
ފިއޮރެންޓީނާ އަތުން ބަލިވެ، އިންޓަރ ފުރުޞަތު ނަގާލައިފި
07 ފެބްރުއަރީ 2025
|
ފިއޮރެންޓީނާގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ އަތުން 3-0 އިން ބަލިވެ، އިންޓަރ މިލާން ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ނަޕޯލީ އެވެ. އެ ޓީމަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަރ އެވެ. ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ފިއޮރެންޓީނާ އަށް ލިބުނު 42 ޕޮއިންޓާއެކު އޮތީ ހަތަރު ވަނައިގައެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
ރޭގެ މެޗުގައި ފިއޮރެންޓީނާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ މޮއިސް ކީން އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ލޫކާ ރަނިއެރީ އެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. އެ މެޗުގެ ފުރަތަމަ 17 މިނެޓަށްފަހު ކުޅުން ހުއްޓާލަން ޖެހުނީ ފިއޮރެންޓީނާގެ އެޑޮއާޑޯ ބޯވޭ ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެންނެވެ.
ލީގުގައި މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އިންޓަރގެ ދަނޑުގައެވެ.