ENGLISH

07 ޖޫން 2025

Advertisement

ޖަރުމަން ކަޕް: ކޮލޯން ބަލިކޮށް ލެވަކޫސަން ސެމީ އަށް

06 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވިކްޓޯ ބޮނިފޭސް ވައްދާލި ލަނޑާ އެކު ފަހަތުން އަރައި ކޮލޯން 2-3 އިން ބަލިކޮށް، ބަޔާ ލެވަކޫސަން ޖަރުމަން ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު ބައިގަ އާއި ދެވަނަ ހާފުގެ ކުރީކޮޅު ކޮލޯން އިން ކާމިޔާބުކުރި ލަނޑުތަކުން 2-0 ގެ ލީޑެއް އެ ޓީމުން ނެގިއެވެ. މި ލަނޑުތައް ޖަހައިދިނީ ޑެމިއަން ޑައުންސް އާއި ލިންޓަން މައިނާ އެވެ.

ޖަރުމަންގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ކޮލޯންގެ ލީޑު ފުޅާކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ޕެޓްރިކް ޝިކްގެ ލަނޑުން ލެވަކޫސަނުން ފަރަގު ކުޑަކުރިއެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޝިކް ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ.

ލެވަކޫސަން މޮޅުވި ލަނޑު، އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް، ބޮނިފޭސް އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ދެން ކުރިއަށް އޮތީ އާރްބީ ލީޕްޒިގާ ވުލްފްސްބާގް ބައްދަލުކުރާ މެޗާއި، އާމީނިއާ ބިލެފީލްޑްއާ ދެކޮޅަށް ވާޑާ ބްރޭމަން ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު