ENGLISH
18 އޭޕްރީލު 2025
އިންޑިއާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގައި ރާއްޖޭން ފަރަގު ކުޑަކޮށްފި
02 ޖެނުއަރީ 2025
|
އިންޑިއާ އަށް ލަނޑު ޖަހައިދިނުމަށްފަހު ލިންޑެއިކިމް (ކ) އާއި އެ ޓީމުގެ އެހެން ކުޅުންތެރިއަކު އުފާ ފާޅުކުރަނީ. --ފޮޓޯ: އިންޑިއާ ފުޓްބޯލް
އިންޑިއާގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 11-1 އިން ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ބެންގަލޫރުގައި ކުޅުނު މި މެޗުގައި އިިންޑިއާ ކޮޅަށް ރާއްޖޭން ވައްދާލި ލަނޑާއެކު ވަނީ ތާރީޚުގެ ތެރެއަށް ޖެހިލައިފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި ރާއްޖެ އަށް މި ލަނޑު ޖަހައިދިނީ މަރިޔަމް ރިފާ އެވެ. މިއީ އިންޑިއާ އާ ދެކޮޅަށް ރާއްޖޭން މިހާތަނަށް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފު އިންޑިއާ އިން ނިންމާލީ 6-1 އިން ކުރީގައި އޮވެގެންނެވެ.
މި މެޗުގައި އިންޑިއާގެ އަންހެން ފުޓްބޯޅަ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނު ލިންޑެއިކިމް ހަތަރު ލަނޑުޖެހިއިރު، ސިމްރަން ގުރުންގް ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ކާޖޮލް، ސަންގީތާ، ޕޫޖާ، ސިބާނީ އަދި ބޫމިކާ އެވެ.
މެޗުގެ ފަހު 20 މިނެޓު ރާއްޖޭން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ޕެނަލްޓީއޭރިޔާ ތެރެއިން ގަސްދުގައި ބޯޅައިގައި އަތްލުމުން ރާއްޖޭގެ މައީޝާ އަބްދުލް ހަންނާނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ކުޅެ ރާއްޖޭން ވަނީ ރަނގަޅަށް ޑިފެންސްކޮށްފައެވެ.
މިއީ އިންޑިއާގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން މިދިޔަ ތިން ދުވަހުގެ ތެރޭގައި ކުޅުނު ދެވަނަ މެޗެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ ފުރަތަމަ މެޗުން އިންޑިއާ މޮޅުވީ 14-0 އިންނެވެ.