ENGLISH
05 ޖުލައި 2025
ކޮރަޕްޝަންގެ ތުޙުމަތުތައް ތަޙުޤީޤުކޮށް ކުށްކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ޕީއެންސީން ގޮވާލައިފި
30 ޑިސެމްބަރު 2024
|
ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކޮށް ކުށްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ހިންގާ މައި ޕާޓީ, ޕީއެންސީން ގޮވާލައިފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކަށް ޤައުމީ ފެންވަރުގައި ހައްލު ހޯދުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުހަބާ ކިޔާކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި އެ ޕާޓީން ވަނީ ބުނެފައެވެ. ރާއްޖޭގެ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިހާބުކުރީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވުމުން ކަމަށް ބުނެފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި ކުށްވެރިން ޖަވާބުދާރީ ކުރުމަށާއި އިންސާފު ކަށަވަރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ބުރޫއަރައި ރައްޔިތުންނަށް އެކަމުގެ ސީދާ އަސަރުތަކެއް ކުރާކަމަށް ވެސް ވަނީ ބުނެފައެވެ. ޕީއެންސީން އިން އެދިފައިވަނީ ފުލުހުން ހޯދާ ހޯދުންތައް ޤާނޫނާ އެއްގޮތަށް ލަސްނުކޮށް އާންމުންނަށް ހާމަކޮށްދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން އިދާރާތަކުން ކުރިއަށްދާ ކޮރަޕްޝަންގެ ތަހުގީގުތަކުގައި މި ވެރިކަމުގެ ދަށުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ފެނިފައި ކަމަށް ވެސް ބުނެފައިވެއެވެ.
"ކަމާބެހޭ ފަރާތްތަކުން ޝައްކު ކުރަނީ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ގުޅުމަކަށް ބެލުމެއްނެތި ކޮންމެ ފަރުދަކު ހިންގާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށް މި އިދާރާތަކުން ވައުދުވެފައިވާކަން މިހާރުގެ ވެރިކަމުގައި ވަނީ ސާބިތުކޮށްދީފައެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީގެ މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިފަދަ ތަހުގީގުތަކަށް ވަގުތާއި ވަސީލަތްތައް ބޭނުންވާ ކަމަށާއި، ޤަބޫލުކުރެވޭ ހެކިތަކުގެ ތެރޭގައި ބިނާވެފައިވާ މި މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް މިނިވަން އިދާރާތަކުން ކުރާ މަސައްކަތަށް ޕީއެންސީން ތަޢުރީފުކުރާ ކަމެވެ. އަދި ސިޔާސީ ގުޅުންތަކާއި ފިކުރުތަކަށް ބެލުމެއްނެތި އާންމުންގެ މާލިއްޔަތު ބޭނުންކުރުމާއި އެހެނިހެން ގާނޫނާ ޙިލާފު ހަރަކާތްތަކާ ދެކޮޅަށް ޒީރޯ ޓޮލަރެންސް އަށް ސަރުކާރުން ކުރާ މަސައްކަތަށް ޕީއެންސީން ތަޢުރީފުކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކޮރަޕްޝަނާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާ މެދު ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 2023 ވަނަ އަހަރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް، އޭރުގެ ލީޑަޝިޕްގައި ތިއްބެވި މެމްބަރުނާއި، މަޖިލިސް މެމްބަރުން ވަރުގަދައަށް ގޮވާލި ނަމަވެސް ކުރީގެ ވެރިކަމުގައި މި މައްސަލަތަކަށް ފިޔަވަޅެއް ނާޅާކަން ފާހަގަކޮށް، ސިޔާސީ ފިއްތުންތަކުގެ ސަބަބުން އަސާސެއް ނެތް އަޑުތައް ފެތުރުމާއި، މި މައްސަލަތައް ތަހުގީގު ނުކޮށް ފޮރުވަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ޕީއެންސީން ކުށްވެރިކޮށްފައިވެއެވެ.