ENGLISH

05 ޖުލައި 2025

Advertisement

ޒަކާތު ހައުސްއިން މިދިޔަ މަހު އެއް މިލިނަށްވުރެ ގިނަ ރުފިޔާ ފަޤީރުންގެ ބޭސްފަރުވާއަށް ޚަރަދުކޮށްފި

30 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިޔާ ޑރ. މުހައްމަދު މުޢިއްޒު ޒަކާތު ހައުސް އިފްތިތާޙުކޮށްދެއްވަނީ.

ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް  މިދިޔަ މަހު އެއް މިލިނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ވިދާޅުވެއްޖެއެވެ.

ޒަކާތު ހައުސްއިން މަހަކު އެއްފަހަރު އާންމުކުރާ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށެވެ. އެގޮތުން 61 މީހަކަށް ވަނީ މި ޚިދުމަތް ދީފައެވެ. އެހީ ދީފައިވާ މައިގަނޑު ކަންކަމަކީ ސިކުނޑީގެ އޮޕަރޭޝަންތަކަށާއި ކެންސަރު ބައްޔަށެވެ. މިދިޔަ މަހުގެ ތެރޭގައި ވަނީ އޮކްޓޯބަރު މަހު އެހީއަށް އެދުނު ފަރާތްތަކަށް ވެސް އެހީ ދޫކޮށްފައެވެ. މީގެ އިތުރުން އެކިއެކި ޞަރޫރީ ބޭނުންތަކަށް 12 ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ހަމަމިއާއެކު، އެހެނިހެން، ޚަރަދުތަކުގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޒަކާތު ހައުސްއިން ވަނީ ދޫކޮށްފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ޒަކާތު ހައުސްއިން މިހާރު ގެންދަނީ ޒަކާތާ ގުޅޭ ތަފާސް ހިސާބުތައް އާންމުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު