ENGLISH

21 އޭޕްރީލު 2025

Advertisement

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހާ 27 ދުވަހަށް ޖަލަށް

30 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ރާއްޖޭގެ ކްރިމިނަލް ކޯޓް....

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު 27 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އެމީހާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއަކަށް ވާތީ، އެ ދައުވާއަށް އޭނާ އިއުތިރާފުވުމުން ދައުލަތުން ވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވައިލާފައެވެ. އަދި އެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން ޝަރީއަތުން ވަނީ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަނެފައެވެ. އެހެންކަމުން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި އޭނާ ދައުލަތާއި އެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށް 27 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހެނީ 17 ދުވަހުގެ ޖަލު ޙުކުމެކެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމެވެ.

ކިޔުންތެރިންގެ ހިޔާލު