ENGLISH
21 އޭޕްރީލު 2025
ބިންވެރިޔާ ސްކީމްގެ މައްސަލާގައި ފުރުން މަނާކުރި 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި
30 ޑިސެމްބަރު 2024
|
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަޙުޤީޤާ ގުޅޭ ގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން 9 މީހެއްގެ ފުރުން މަނާ އުމުރު ބާތިލް ކޮށްފިއެވެ.
މި މައްސަލައިގެ ތަހުޤީޤުތެރެއިން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓިއެވެެ. އޭގޭ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.
ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލް ކޮށްފައިވާއިރު، އެ މީހުންގެ ތެރޭގައި އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ނުހިމެނެއެވެ.
ފުލުހުން ވިދާޅުވީ، މި ފިޔަވަޅު އަޅާފައިވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އާއި މަޝްވަރާކޮށް ޕީޖީގެ ލަފާފުޅުގެ މަތިން ކަމަށެވެ.
ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި، އެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މަޢުރޫފް ޖަމީލް ވަނީ އައްޔަން ކުރައްވައިފަ އެވެ.