ENGLISH

21 އޭޕްރީލު 2025

Advertisement

ބްރިޖް ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

30 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ސިނަމާލެ ބްރިޖް --- ފޮޓޯ: އެޑިޝަން އެމްވީ

ސިނަމާލެ ބްރިޖުގެ ހައިވޭގައި އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. 

ފުލުހުން ވިދާޅުވި ގޮތުގައި ރޭ އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 12:11 ހާއިރު އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖްގެ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގެ ހަލިމަގުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ބްރިޖުގެ ހައިވޭގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭ ވަނީ ދޫކޮށްލައިފައެވެ. އަދި އަނެއް މީހާ އަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫންކަމަށް އެ ހޮސްޕިޓާލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. 

މި އެކްސިޑެންޓްގައި ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލު ޓޯވކޮށް، މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު