ENGLISH
21 އޭޕްރީލު 2025
މަހުޖަނުންގެ ޖެޓުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުރިފައި، މި ފަހަރު 8 ޕަސެންޓުގެ އިތުރުވުމެއް!
30 ޑިސެމްބަރު 2024
|
ގިނަ އަދަދެއްގެ އަމިއްލަ ޖެޓުތައް އެއާޕޯޓުގައި ޕާކްކޮށްފައި
އާ އަހަރާ ދިމާކޮށް ގިނަ ޢަދަދެއްގެ އަމިއްލަ ޖެޓުތައް ރާއްޖެ އައިސްފައިވާ ކަމަށް ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
ބޭރުގެ މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަންނައިރު، މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރެވެ. ޔޫރަޕަށް ފިނި މޫސުމުގެ ދުވަސްވަރު ފަތުރުވެރިން ރާއްޖެ އަންނަނީ އާ އަހަރު ފާހަގަ ކުރުމަށާއި، ކްރިސްމަސް ފާހަގަ ކުރުމަށެވެ.
ކޮންމެ ފަހަރަކު ވެސް އާ އަހަރު ފެށެންވާ އިރަށް ޖެޓުގެ ޢަދަދު އިތުރުވެ އެވެ. މިހާރު ވެސް 30 އަށްވުރެ ގިނަ ޖެޓް ވެލާނާ އެއާޕޯޓުގައި ޕާކުކޮށްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް 148 ޖެޓު މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިއީ ބޮޑު ކުރިއެރުމެއްކަމަށާއި، އެއީ 8 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ޖެޓު އަންނަ މިންވަރު އިތުރުވާތީ، އެއާޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓުގެ އުތުރާއި، އިރު، އަދި ދެކުނުން ޖުމްލަ 68 ޖާގަ ޖެޓު ޕާކިންއަށް ޚާއްސަކޮށްފައިވެއެވެ.
އޮފިޝަލް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު، ޑިސެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައި ވަނީ 2،107 މޫވްމަންޓެވެ. ނަމަވެސް މި އަހަރު، މިހާތަނަށް 2،326 ޖެޓު މޫވްމަންޓު ރެކޯޑުކުރެވިފައިވާއިރު މިއީ 10 ޕަސެންޓް އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އަޅާބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބަަދަލު ގެނެސް، ފަސިންޖަރުންނަަށް ޚިދުމަތް ދިނުމަށް ވަނީ އިތުރު މުވައްޒަފުން ނެރެފައެވެ.