ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސް މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ އެބަކުރޭ: ޝަހީދު

29 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އަލްއުސްތާޛު މުޙައްމަދު ޝަހީދު ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ހެދިފައިވާ ޤާނޫނުތަކުގެ ދަށުން ކުރީ ސަރުކާރުތަކުން ހަދަން ޖެހޭ ޤަވާއިދުތައް ނުހަދާ ހުރުމުން އުފެދިފައިވާ ޤާނޫނީ ހުސްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގެ ސަބަބުން ހައްލު ލިބެމުންދާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނާއިބް އަލްއުސްތާޛު މުޙައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބޭނުމަކީ ރައްޔިތުންނަށް ފާގަތި ކަމާއި އަމާން އޮމާން ދިރިއުޅުމެއް ހޯއްދަވައި ދެއްވުން ކަމަށެވެ. އަދި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނަށް އަމާން އޮމާން ވެއްޓެއް ޤާއިމްކޮށްދެއްވުމެވެ. 

މިސާލެއްގެ ގޮތުން ޝަހީދު އެންމެ ފުރަތަމަ ނެންގެވީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާ ހާލަތާއި ވަގުތާ ގުޅޭ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފައި ނުވާތީ، ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެ ޤާނޫނަށް ބަދަލުތައް ގެންނަވައި އެކަމާ ބެހޭ ޤާވައިދުތައް ހަރުދަނާ ކުރެއްވުމެވެ. 

އޭގެ އިތުރުން މާރާމާރީ އާއި ގޭންގުކުށްތައް ހުއްޓުވުމަށް ޤާނޫނަށް ބަދަލުތައް ގެންނެވުމާއި ފުލުހުންގެ ތަހުގީގަށް ފަހިވާނެ ގޮތަށް ޤާނޫނުތައް ބަދަލުކުރުމާއި ސްކޭމް ކުރުމާ ދެކޮޅަށް ޤާނޫނީ އޮނިގަނޑު ވަރުގަދަ ކުރުން ފަދަ ކަންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 

އަދި ބިދޭސީންގެ މައްސަލަތަކަށް ޤާނޫނީ ހައްލު ގެނައުމަށް މަސައްކަތް ކުރެއްވުމާއި ދުންފަތާ ބެހޭ ޤާނޫނާއި ޤަވާއިދުތަކަށް ބަދަލު ގެނައުމަކީ ރައީސް މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގައި ފާހަގަކުރެވޭ ކަންކަމުގެ ގޮތުގައި ޝަހީދު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު