ENGLISH
21 އޭޕްރީލު 2025
މަސައްކަތަށް ބަދަލު ގެންނެވި ދެ މިނިސްޓްރީއަށް ދިވެހި ބަހުން ކިޔާނެ ނަން އާންމުކުރައްވައިފި
29 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރަމްޒުކޮށްދޭ ކުރެހުމެއް.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، 26 ޑިސެމްބަރު 2024 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 26/2024 ނަންބަރު ދެންނެވުމުގައެވެ.
އެގޮތުން،
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޟް ސޮއިކުރެއްވާ ނެރުންވި ދެންނެވުމުގައިވާގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއެވެ.