ENGLISH

21 އޭޕްރީލު 2025

Advertisement

ދައުލަތުގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންގެ މައްޗަށް ޤާނޫނު ތަންފީޒުކުރަން ޖެހޭ: މެމްބަރު ހުސައިން

30 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ދައުލަތުގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންގެ މައްޗަށް ޤާނޫނު ތަންފީޒުކުރަން ޖެހޭނެ ކަމަށް ހުޅުމާލެ މެދު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ " ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ އެންމެ ކުރިއްސުރެ ވެސް ސިޔާސީ ޕާޓީތަކުގެ ނިވަލުގައި ތިބެގެން ދައުލަތުން ވައްކަން ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ސަރުކާރަކަށް މިކަން ހުއްޓުވިފައި ނެތްކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ޤާނޫނު އަސާސީއަށް ގެންނެވި ބަދަލުތަކަކީ މި ފަދަ ކަންކަން ކުރުމަށް އެޅިގެންދާ ހުރަހެއްގެ ގޮތުގައި މެމްބަރު ޝަރީފް ސިފަކުރެއްވިއެވެ.

"މިވަގުތުގައި ޤައުމުގައި ދެކެވެމުން މިދަނީ ވައްކަމާ ފަސާދައިގެ ވާހަކަ އިނގޭތޯ. އަޅުގަނޑުމެން ޕްރެކްޓިސް ކުރަމުން މިފެށި ޑިމޮކްރެޓިކް ހަޔާތުގައި، އަޅުގަނޑުމެން މި ގެނައި އައު ޤާނޫނު އަސާސީއާއެކު ހުރިހާ ކަމަކީ ހުއްޓުވާފައި ރައްޔިތުންނަށް ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުމަށްޓަކައި ހަދާފައި އޮތް ޤާނޫނުތަކާ އެއްކޮށް ވަރަށް ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް" - މެމްބަރު ޝަރީފް

ކުރީ ސަރުކާރުތަކުގައި މި ފަދަ މައްސަލަތަކަށް ހުކުމް ތަންފީޒުކުރުން ދިގު ދަންމާލަނީ ހަމަ ޤަޞްދުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަން ހުއްޓުވުމަށް އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެނަދަވާ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު