ENGLISH
21 އޭޕްރީލު 2025
ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަޙުޤީޤަށް 16 ފަރާތަކުން މަޢުލޫމާތު ހުށަހަޅައިފި
29 ޑިސެމްބަރު 2024
|
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަޙުޤީޤަށް މަޢުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް 16 ފަރާތަކުން މަޢުލޫމާތު ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ހަތަރު ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވެސް ވަނީ ހިއްސާކޮށްފައި ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މަޢުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ ކަމަށާއި ނުވަތަ ތަޙުޤީޤު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާކުރެއްވިދާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި، އެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މަޢުރޫފް ޖަމީލް ވަނީ އައްޔަން ކުރައްވައިފަ އެވެ.