ENGLISH

21 އޭޕްރީލު 2025

Advertisement

ތައިލެންޑުން އައި ދެ ދިވެއްސެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

29 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ކަސްޓާމްސް އިން އަތުލައިގެން މަސްތުވާތަކެތި-- ފޮޓޯ: ކަސްޓަމްސް

ދެ ދިވެއްސަކު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެ ފަސެންޖަރުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަލައި ފާސް ކުރުމުގެ ތެރޭގައި ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މީގެ އިތުރުން، ކަސްޓަމްސް އިން ވިދާޅުވީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، 32 ގްރާމް ހެރޮއިނަށް އަދި 2.1 ކިލޯގެ މެފެޑްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ތަކެތީގެ ޖުމްލަ ބަރުދަން 2.4 ކިލޯއަށް އަރާއިރު، މަގުމަތީ އަގު 5.5 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ލަފާކުރައްވަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު