ENGLISH

23 ޖުލައި 2026

Advertisement

މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީ

23 ޖުލައި 2026

|

ޢަލީ ޝަހީމް

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި އެއް ހަފުތާގެ މުއްދަތަށް ހާއްސަ ކާނިވަލެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

'އޮފިޝަލް އިވެންޓްސް' އާ ގުޅިގެން ކުރިއަށްގެންދާ މި ކާނިވަލް އޮންނާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ މި ކާނިވަލުގައި ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

އެޗްޑީސީން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، ކާނިވަލުގައި ކުޅިވަރާއި މުނިފޫހިފިލުވުން އަދި އާއިލާތަކާ ގުޅުންހުރި މުހިއްމު ހަރަކާތްތައް ކުރިއަށްދާނެއެވެ. މިގޮތުން، ކާނިވަލް ގޭމްސް، ޑިޖިޓަލް ގޭމިން އެރީނާ އަދި އިންފްލޭޓަބަލްސްގެ އިތުރުން ހޮރޯ ހައުސް، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

އެޗްޑީސީން ބުނީ ކުޑަކުދިންނަށް ހާއްސަ ސަރަޙައްދެއް ކަނޑައެޅުމާއެކު، ތަފާތު ކާބޯތަކެތި ލިބެން ހުންނާނެ ކިއޮސްކުތައް ކާނިވަލްގައި ލިބެންހުންނާނެ ކަމަށެވެ. 

މިއަހަރުގެ މިނިވަން ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. މިނިވަން ދުވަހާ ގުޅުވައިގެން މިފަދަ ކާނިވަލެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، މިނިވަން ދުވަހުގެ އުފާފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، މަޖާ މާހައުލެއްގައި އާއިލާތަކަށް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ހުޅުމާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ގައުމީ މިފަދަ މުހިންމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު