ENGLISH
15 ޖުލައި 2026
އާސެނަލް ދޫކޮށް ޓްރޮސާޑް ތުރުކީގެ ބެސިކްޓާސްއަށް
14 ޖުލައި 2026
|
ބެލްޖިއަމްގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
އާސެނަލަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް، ތުރުކީގެ ބެސިކްޓާސްއަށް ބަދަލުވާން ނިންމާފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ. މިއާއެކު ބެލްޖިއަމްގެ ފޯވާޑް، އުތުރު ލަންޑަނުގައި ހޭދަކުރި ތިން އަހަރުގެ ދައުރު ނިމުމަކަށް އަންނާނެއެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބްރައިޓަންއިން އާސެނަލާ ގުޅުނު އުމުރުން 31 އަހަރުގެ ޓްރޮސާޑް ވަނީ އެ ކުލަބަށް ކުޅުނު 174 މެޗުގައި ޖުމްލަ 36 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ބެސިކްޓާސްއިން ޓްރޮސާޑް ހޯދުމަށް ގާތްގަނޑަކަށް 17 މިލިޔަން ޕައުންޑް (23 މިލިޔަން ޑޮލަރު) ހޭދަކުރާނެއެވެ. އޭނާ އާސެނަލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް އޮތްއިރު، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރުމުގެ އިޚުތިޔާރުވެސް އެ ކުލަބަށް އޮތެވެ.
އާސެނަލުން ބުނި ގޮތުގައި، މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށްޓަކައި އިސްތަންބޫލަށް ދިއުމުގެ ހުއްދަ މިހާރު ވަނީ ޓްރޮސާޑަށް ދީފައެވެ.
ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލީގު ތަށި ކާމިޔާބުކުރިއިރު، ޓްރޮސާޑް ވަނީ ލީގުގައި ކުޅުނު 31 މެޗުގައި 6 ލަނޑު ޖަހައި، އިތުރު 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.