ENGLISH

12 ޖުލައި 2026

Advertisement

ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި އެކަކު ނިޔާވެއްޖެ

12 ޖުލައި 2026

|

އަޙުމަދު ޙަމީދު

މިއަދު ހިނގި އެކްސިޑެންޓް - ފޮޓޯ: އެމްއެމްޓީވީ

ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ހިނގާ އަނިޔާވި އެކަކު ނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގި ރިޕޯޓް މިއަދު 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު "އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހާދިސާގައި ސައިކަލުގައި ދަތުރުކުރި މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ. 

"އެކަކުގެ ސިކުނޑީގެ ބައިތައް މަގު މައްޗަށް ބުރައިގެންގޮސްފައި ހުރި މަންޒަރު ފެނުނު. ވަރަށް ބޮޑަށް އަނިޔާވެފައި އޮތީ. އެއީ ސައިކަލު ދުއްވަން އިން ފިރިހެންމީހާ.،" މަންޒަރު ދުށް މީހާ ބުންޏެވެ. 

ހާދިސާ ފެނުނު މީހަކު މައުލޫމާތު ދިން ގޮތުގައި ސައިކަލު އައީ ވަރަށް ބާރަށް ދުއްވާފައެވެ. އެ ސައިކަލު ކަހައިލުމާއެކު ގޮސްވަނީ ވެލި އުފުލާ ބޮޑު ޓުރަކެއްގެ ދަށަށެވެ. އަދި އޭނާގެ ބޯ ތާށިވީ އެ ޓުރަކުގެ ފަހަތުގެ ފުރޮޅުތަކުގެ ދަށަށެވެ. 

މިހާތަނަށް ދިވެހި ފުލުހުން އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަނުކުރެއެވެ. ނަމަވެސް އެ ހިދުމަތުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު