ENGLISH
13 ޖުލައި 2026
ހަންޏާމީދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
12 ޖުލައި 2026
|
ހަންޏާމީދޫގައި އަޅާ ޕޮލިސްޕޯސްޓުގެ ތަޅުންގަނޑު އެޅުން-- ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ އދ. ހަންޏާމީދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެކުންފުނިން ބުނެފިއެވެ.
އާރްޑީސީން އާއްމުކުރި މީސްމީޑިއާ ޕޯސްޓުގައި ބުނީ، ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހަންޏާމީދޫގައި އިމާރާތް ކުރާ ޕޮލިސް ޕޯސްޓުގެ ގްރައުންޑް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އެތައް މަޝްރޫއުއެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ވަސީލަތްތައް ގާއިމުކޮށް ނިންމުމެވެ.
މިއީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި، އެމަނިކުފާނު ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި، ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.