ENGLISH

13 ޖުލައި 2026

Advertisement

ދިވެހި އަންހެން ފުލުހަކު، އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

12 ޖުލައި 2026

|

އާމިނަތު ނުޒްލާ

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ގައި ކުރިއަށް ގެންދިޔަ އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފުލުހުންގެ އިދާރާ

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންއިން ގައި ކުރިއަށްގެންދިޔަ "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް"، ދިވެހި އަންހެން ފުލުހަކު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެެވެ.

މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. 

ފުލުހުން ބުނީ، މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަރޝިޕް ދައުރުތަކަށް ބޭނުންވާ ޤާބިލު އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ޚާއްޞަކޮށްގެން ހިންގޭ ތަމްރީނެއް ކަމަށެވެ. އެގޮތުން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ތިންވަނަ މޮޑިއުލް ކުރިއަށް ގެންގޮސްފައިވަނީ 2024 ޖޫން 29 އިން ޖުލައި 10 އަށް އިނގިރޭސިވިލާތުގައެވެ.

އޮފިސަރުންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ފުލުހުންގެ މަތީ ފަންތީގެ މަޤާމުތަކަށް ބޭނުންވާނެ އިލްމީ މަޢުލޫމާތާއި، ހުނަރާއި، ހިންގުމުގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އިނގިރޭސިވިލާތުގައި މިއަރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ދުނިޔޭގެ އެކި ޤައުމުތަކުން ޖުމުލަ 62 އޮފިސަރުންބައިވެރިވެ ދަސްވެނިވެފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި މުއައްސަސާތަކުގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖަޢާކޮށް، ކުރިމަގުގައި ހުރި ކުރިއެރުމުގެ ފުރުޞަތުތައް ދެނެގަތުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، އެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާކުރުމުގެ ހުނަރުތައްވެސް މި ތަމްރީނުގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު