ENGLISH

12 ޖުލައި 2026

Advertisement

ކުތުބުހާނާތަކަކީ ސައްހަ މައުލޫމާތު ހޯދައިދިނުމުގެ އާރުކާޓީއެއް: ވަޒީރު ހީނާ

12 ޖުލައި 2026

|

އައިމިނަތު ޝަފާ

ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ކުތުބުހާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ގައުމީ ކުތުބުހާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު ވިދާޅުވީ ކުތުބުހާނާތަކަކީ އިލްމާއި ހިލްމު ލިބިފައިވާ މުޖުތަމައެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއްކަމަށެވެ. ކިޔުންތެރިކަމުގެ ތެރެއިން މި މާތް މަގުސަދު ހާސިލުކޮށްދިނުމުގެ އިތުރުން، ކުތުބުހާނާތަކަކީ ދިރިއުޅުމަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

ދިވެހި ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއް ލިބިދޭ ގޮތުގައި ކުތުބުހާނާއެއް ހުޅުވުނީ 1945ވަނަ އަހަރުއެވެ. ކުތުބުހާނާ ވުޖޫދަށްގެންނެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.

ދިވެހިރާއްޖޭގައި ލައިބްރަރީ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާ ވޫޖުދުވި 1945 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހާއި ގުޅުވައިގެންނެވެ. އަދި މިހާރު ބޭނުންކުރަމުންދާ ގައުމީ ކުތުބުހާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު