ENGLISH
08 ޖުލައި 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް ހިނގާ މީހަކަށް އަނިޔާވެއްޖެ
08 ޖުލައި 2026
|
މިރޭ އެކްސިޑެންޓް ހިނގާފައި --
އެންމެ މަޤްބޫލު
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް ހިނގައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 19:07 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.