ENGLISH
08 ޖުލައި 2026
ދުނިޔޭގެ ވޮލީބޯޅަ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް
08 ޖުލައި 2026
|
ދުނިޔޭގެ ވޮލީބޯޅަ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ދުނިޔޭގެ ވޮލީބޯޅަ ދުވަހުގެ ޚާއްސަ ހަރަކާތުގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
މާފަންނު އެކުވެނީގެ އައުޓްޑޯ ވޮލީބޯޅަ ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ހަރަކާތުގައި ބްލޫސް ފޯ ވޮލީބޯލް، މުނީޒް ވޮލީބޯލް މޫވްމަންޓް، އުބޭ އެކެޑަމީ އަދި ކަނބަލުން ސްޕޯޓްސް އެކެޑަމީގެ ޒުވާން އެތުލީޓުން ބައިވެރިވެ، ތަފާތު ގިނަ ހަރަކާތްތަކެއްގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ޤައުމީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި، ރާއްޖޭގައި އުފެދުނު ވޮލީބޯޅައިގެ މަޝްހޫރު ލެޖެންޑުން އެއްތަންވިއިރު، ވޮލީގެ މާޒީއާއި، މިހާރާއި އަދި ކުރިމަގުގެ ޖީލުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން މި ހަރަކާތުން ވަނީ ރަނގަޅަށް ހާމަކޮށްދީފައެވެ.
ދުނިޔޭގެ ވޮލީބޯޅަ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ދުނިޔޭގެ ވޮލީބޯޅަ ދުވަސް އިއްޔެ ވަނީ މުޅި ދުނިޔޭގައި ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީން 1896 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހެވެ.
މި އަހަރުގެ ވޮލީބޯޅަ ދުވަހުގެ ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ "ތިބާ ބޭނުންވާ ގޮތަށް ވޮލީބޯޅަ" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ކުޅިވަރަށް ސަޕޯޓުކުރާ ފަރާތްތަކާއި، އާދައިގެ ކުޅުންތެރިންގެ އިތުރުން ޕްރޮފެޝަނަލް ކުޅުންތެރިންވެސް، އެމީހަކު ވޮލީބޯޅައަށް ކުރާ ޚާއްސަ ލޯބި އެކި ގޮތްގޮތުން ހިއްސާކުރުމަށް ހިތްވަރުދިނުމެވެ.