ENGLISH
06 ޖުލައި 2026
ބޮޑު ފަސޭހައެއް: ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
06 ޖުލައި 2026
|
ހިޔާގެ 16 ޓަވަރުގައި ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރުން --
އެންމެ މަޤްބޫލު
ހިޔާ ޓަވަރުތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން އާންމުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށް އިތުރު ލިފްޓް ހަރުކުރުމުގެ ތެރެއިން ހުރިހާ ޓަވަރެއްގެ ދެ ލިފްޓް ހަރުކޮށް ނިންމާ އާންމުންނަށް ހުޅުވާލައިފި އެވެ.
މި މަސައްކަތަކީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.
ހިޔާ ޓަވަރުތަކުގައި ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކުގެ ޖާގައިގެ ދަތިކަމުން، އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަލަށް ހަރުކުރި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ.
މީގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައިވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް މިލިފްޓްތައް ވާނެ އެވެ.
އެޗްޑީސީން މިރޭ ވަނީ ހިޔާގެ 16 ޓަވަރުގައި ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 2,000 ވުރެ ގިނަ މީހުން އުޅޭއިރު އިތުރު ދެ ލިފްޓް ހަރުކުރުމަކީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ލިބުނު ބޮޑު ފަސޭހަ އެކެވެ.