ENGLISH

06 ޖުލައި 2026

Advertisement

ގެއެއްގައި އަލިފާނުގެ ހާދިސާއެއް؛ ބަޔަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނީ

05 ޖުލައި 2026

|

އަޙުމަދު ޙަމީދު

ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން --

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލާއެއްގަ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 22:49 އެހައިކަންހާއިރު ކަމަށާ އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު