ENGLISH

05 ޖުލައި 2026

Advertisement

ހިތުގެ ބަލީގެ ގައުމީ މަރުކަޒަކަށް ދިހަ އަހަރު؛ ހިދުމަތް ފުޅާކޮށް ބޮޑު އިންގިލާބީ ބަދަލެއް

05 ޖުލައި 2026

|

އާމިނަތު ނުޒްލާ

އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން - ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ދިހަ އަހަރުގެތެރޭގައި ދިވެހިރާއްޖޭގައި ހިތުގެ ބަލީގެ ސެންޓަރ ގާއިމްކުރެވި، ހިދުމަތްތަކަށް އިންޖިލާބީ ބަދަލެއް އައިސްފައިވާކަމަށް އައިޖީއެމްއެޗްގެ ނޭޝަނަލް ކަރޑިއެކް ސެންޓަރުގެ ސީނިއަރ ކޮންސަލްޓެންޓް ސަބް ސްޕެޝަލިސްޓް އިން ކަރޑިއޮލޮޖީ ޑރ. މިގްދާދު ޝަރީފު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހިތުގެ ބަލީގެ ސެންޓަރަށް ދިހަ އަހަރުފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހިތުގެ ބައްޔަށް ބޭސްފަރުވާ ކުރުން މީގެ 10 އަހަރުގެ ކުރިން އޮތް ހާލަތާއި، މިހާރު ހިދުމަތްތަކަށް އައިސްފައިވާ ޒަމާނީ، ބަދަލުތައް ތަފްސީލްކޮށް ކިޔާދެއްވިއެވެ.

އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން - ފޮޓޯ: ރައީސް އޮފީސް

ޑރ. މިގްދާދް ފާހަގަ ކުރެއްވީ ހިތުގެ ބަލިތަކަކީ ބޭހުން އެކަނި ފަރުވާ ލިބޭ ބައްޔެއް ނޫންކަމަށެވެ. އެހެންނަމަވެސް ހިތުގެ ބަލީގެ ސެންޓަރެއް އުފެދުމުގެ ކުރިން ރާއްޖޭގައި ފަރުވާ ކުރަމުން އައީ ހަމައެކަނި ބޭހުން ކަމަށާއި، އިތުރު ފަރުވާއަށް ބޭނުންވާނަމަ އެމީހުން ރާއްޖެއިން ބޭރަށް ފޮނުވާގެންކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މީހުން އިތުރަށް ބަލި ތަހައްމަލު ކުރަން ޖެހުމާއި، ބަލިމީހާ ނިޔާވާ ހާލަތްތައް ދިމާވެފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް ސެންޓަރެއް ތަރައްގީކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި ދިމާވިކަން ޑރ. މިގްދާދް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް ކެތް ލެބް ގާއިމްކުރެވި، ހިތުގެ ސެންޓަރުގެ ހިދުމަތް ދޭން ފަށާފައިވަނީ ޖުލައި 1 ، 2016 ކަމަށް ވިދާޅުވިއެވެ.

ހިތުގެ ސެންޓަރު ގާއިމްކުރެވުނު ދުވަހުން ފެށިގެން، އެ ސެންޓަރުން ދެމުން އައި ހިދުމަތް ދުވަހެއް ދުވަހަކަށް ފުޅާކުރެވުން އައި ކަމަށް ޑރ. މިގްދާދު ވިދާޅުވިއެވެ. މީގެ އިތުރަށް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ހިތުގެ ބަލިތަކަށް ދެވޭނެ އެންމެ މަތީ ފަރުވާއަށް ބޭނުންވާ ހުރިހާ ވަސީލަތްތައް މިހާރު އެ ސެންޓަރުގައި ހުރިކަމަށެވެ.

"ހިތުގެ ހުންނަ ކުދި ލޯވަޅުތައް ބެއްދުމާއި، އޮޕަރޭޝަން ނުކޮށް ބެއްދުމާއި ހުރިހާ ކަމެއްވެސް މިހާރު ވަނީ ނޭޝަނަލް ކަރޑިއެކް ސެންޓަރުން ފެށިފަ. މީގެ އިތުރުން އަޅުގަނޑުމެންވަވީ ޓްރެއިން ޕްރޮގްރާމް ފައްޓާފަ. ކެތް ލެބަށް ބޭނުންވާ ހާއްސަ ސްޕެޝަލިޓް ނަރުހުން ޓްރެއިން ކުރުން. މިގޮތުން އައިޖީއެމްއެޗްގަ ފަސް ކުދިން .އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގަ ތިން ކުދިންވަނީ ޓްރެއިންކޮށް ނިންމާފަ". ޑރ. މިގްދާދު ވިދާޅުވިއެވެ.  

ހިތުގެ ސެންޓަރުގެ ހިދުމަތް ދޭން ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، މިހާރު ހިތުގެ ސެންޓަރުގައި ހިދުމަތް ދެއްވަމުންދާ ހުރިހާ ޑޮކްޓަރުންނަކީ ދިވެހިން ކަމަށެވެ. މީގެ އިތުރަށް ސެންޓަރުގައި މަސައްކަތް ކުރަމުންވާ ނަރުހުންގެ މެޖޯރިޓީއަކީވެސް ދިވެހިންކަމަށް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން - ފޮޓޯ: ރައީސް އޮފީސް

ޑރ. އިތުރަށް ފާހަގަކުރެއްވީ މިހާރު ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ދެމުން އަންނަ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި، ހިތުގެ ބަލީގެ ވަރަށް މަދު ބައްޔަކަށް ނޫނީ ބޭރަށް ދާން ރިފަރ ކުރަން ނުޖެހޭކަމަށެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނޭޝަނަލް ކަރޑިއެކް ސެންޓަރަށް 10 އަހަރު ފުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަބިކަބަލުން ސާޖިދާ މުހައްމަދުއެވެ. މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ގީލާ އަލީގެ އިތުރުން ހުޅުމާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަދި އައިޖީއެމްއެޗް ހިތުގެ ސެންޓަރުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު