ENGLISH

05 ޖުލައި 2026

Advertisement

އެމްބީއޭ ޗެމްޕިއަންޝިޕުގެ ކުޅުން ފެށިގެން ކުރިއަށް

05 ޖުލައި 2026

|

ސުވެއިދާ ހުސެއިން

30 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ތެރެއިން-- ފޮޓޯ، އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 30 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް 2026 ގެ ކުޅުން ފަށައިފިއެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 4 އިން 22 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައާއި، މާފަންނު ކުޅިވަރު އެކުވެނީގައި ހުންނަ ބާސްކެޓްބޯލް ޓްރެއިނިން ސެންޓަރުގައެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި 23 ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ހަ ޓީމެއް ވާދަކުރެއެވެ.

ފިރިހެން ޑިވިޝަން ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އެކެއްގައި ވާދަކުރާ ޓީމުތަކަކީ ސްޕާޓަންސް ސްޕޯޓްސް ކުލަބު، ފީނިކްސް ބާސްކެޓްބޯލް ކުލަބު، މަމްބާ ބާސްކެޓްބޯލް ކުލަބު އަދި ވައިކިންގްސް ބާސްކެޓްބޯލް ކުލަބެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބު، އޮނި ސްޕޯޓްސް ކުލަބު، ލެންސާސް ބާސްކެޓްބޯލް ކުލަބު އަދި ރައިނޯސް ބާސްކެޓްބޯލް ކުލަބެވެ.

ގްރޫޕް ތިނެއްގައި ރެޑްވިންގްސް ބާސްކެޓްބޯލް ކުލަބު، ހުޅުމާލެ ސްޕޯޓްސް ކުލަބު، ހަރިކޭން ބާސްކެޓްބޯލް ކުލަބު އަދި ސޮނިކް ބާސްކެޓްބޯލް ކުލަބު ވާދަކުރާއިރު، ގްރޫޕް ހަތަރެއްގައި ކިންގްސް ބާސްކެޓްބޯލް ކުލަބު، އެލްކިއު ސްޕޯޓްސް ކުލަބު، އަންރޭންކްޑް ބާސްކެޓްބޯލް ކުލަބުގެ އިތުރުން ޑްރެގަންސް ބާސްކެޓްބޯލް ކުލަބު ވާދަކުރެއެވެ. އަދި ގްރޫޕް ފަހެއްގައި ވާދަކުރަނީ ސްޓިންގާސް ބާސްކެޓްބޯލް ކުލަބު، ނެޓްސް ބާސްކެޓްބޯލް ކުލަބު، ވެސްޓް އެންޑް ސްޕޯޓްސް ކުލަބު އަދި ވުލްވްސް ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން ގްރޫޕް ހައެއްގައި ވާދަކުރަނީ ރޯޔަލްސް ސްޕޯޓްސް ކުލަބު، ސްޓަރސް ސްޕޯޓްސް ކުލަބު އަދި ޓްރޯޖަންސް ބާސްކެޓްބޯލް ކުލަބެވެ. 

މި މުބާރާތުގައި  އަންހެން ޑިވިޝަނުގައި ވާދަކުރާ ހަ ޓީމަކީ ސައިކްލޯން ބާސްކެޓްބޯލް ކުލަބު، ކުއީންސް ބާސްކެޓްބޯލް ކުލަބު، މިސްޓިކްސް ބާސްކެޓްބޯލް ކުލަބު، ސްޕާކްސް ބާސްކެޓްބޯލް ކުލަބުގެ އިތުރުން ސްޓަރސް ސްޕޯޓްސް ކުލަބު އަދި ކޮމެޓްސް ބާސްކެޓްބޯލް ކުލަބެވެ.

މުބާރާތުގައި އިއްޔެ ވަނީ އަންހެން، އަދި ފިރިހެން ޑިވިޝަނުންވެސް ތިން މެޗު ކުޅެފައެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސްޕާޓަންސްއިން ވަނީ ފީނިކްސްގެ މައެްޗަށް 45-72 އިން ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި މަމްބާގެ މައްޗަށް ވައިކިންގްސް ކުރި ހޯދީ 52-61 ނަތީޖާއަކުންނެވެ. އަދި ފިރިހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ގްރޫޕް ދޭއްގެ ރިނޯސްގެ މައްޗަށް ލެންސާ ކުރިހޯދީ 38-105 ބޮޑު ފަރަގަކުންނެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސްޓަރސްގެ މައްޗަށް ސައިކްލޯން ކުރި ހޯދާފައިވަނީ 45-81 ޕޮއިންޓުންނެވެ. ދެވަނަ މެޗުން ކުއީންސްގެ ކައިރިން މިސްޓިކްސް މޮޅުވީ 50-53 ގެ ކުޑަ ފަރަގަކުންނެވެ. އަދި ތިންވަނަ މެޗުން ސްޕާކްސްއާ ވާދަކޮށް ކޮމެޓްސް ކުރި ހޯދީ 29-88 ގެ ނަތީޖާއަކުންނެވެ. 

ކިޔުންތެރިންގެ ހިޔާލު