ENGLISH

07 ޖޫން 2026

Advertisement

މަސްތުވާތަކެެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހަކު ހައްޔަރުކޮށްފި

07 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ވިލުފުށިން ހައްޔަރު ކުރި މީހުންގެ ވަނަވަރު- ޕޮލިސް

މަސްތުވާތަކެެތީގެ މައްސަލައެއްގައި ތ. ވިލުފުށިން ތިންމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) އެވެ.

މި މީހުން ހައްޔަރުކުރީ، ތ. ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު