ENGLISH

07 ޖޫން 2026

Advertisement

ނަތީޖާ ހޯދީ އެމްޑީޕީން މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން: ޝުޖާޢު

07 ޖޫން 2026

|

އައިމިނަތު ޝަފާ

މެމްބަރު ޝުޖާއު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނަތީޖާ ހޯދީ، އިދިކޮޅު އެމްޑީޕީން ސަރުކާރުގައި އޮތް އިރު މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫންކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. 

އިއްޔެ ނިމިގެންދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާއަށް ފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ކުރީގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ތިން ރައީސުން ގުޅިގެން ކުރެއްވި މަސައްކަތުން ވެސް އިންތިހާބުގައި ތަފާތު ކުރެވުނީ އެންމެ 62 ވޯޓު ކަމަށެވެ. 

މި ނަތީޖާ ޕީއެންސީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ބޭއްވުނު ބައި-އިލެކްޝަންތަކުގައި އަމަލުކުރިގޮތަށް ނޫންކަމަށް ވިދާޅުވިއެވެ. އޭގެ ބައެއް މިސާލުތައް ދައްކަވަމުން ޝުޖާއު ވަނީ އެމްޑީޕީގެ ވެރިކަމުގައި ބޭއްވި ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ހަނދާންތައް އައު ކުރައްވާފައެވެެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި  ސަރުކާރުގައި އެމްޑީޕީން އޮވެ ހުރިހާ ބާރަކާއި އިންތިހާ ދަރަޖައިގެ ނުފޫޒު ފޯރުވައި މިލިއަނުން ހަރަދުކުރިކަމަށް ބުނެ ގިނަ ސިޔާސީ ބޭފުޅުން އަންނަނީ މިހާރުވެސް ވާހަކަފުޅު ދައްކަވަމުންނެވެ. ގުރައިދޫ ދާއިރާގެ ގޮނޑިއަކީ އެމްޑީޕީން ބިލިއަނުން ގަނެލި ގޮނޑިއެއްކަމަށް އޭރުވެސް މިހާރުވެސް ތުހުމަތުކުރެވެއެވެ. މި އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ވޯޓުގައި ހުރި ފަރަގަކީ ފޯރުވި ފައިސާގެ ނުފޫޒު ކަމުގެ ފާޑުކިއުން ވެސް ބޮޑެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީން ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅި ދައުލަތް އޮއްސާލެއްވިކަމަށެވެ. 

"މިނަތީޖާ ޕީއެންސީން ހޯދީ އާސަންދަ އަދި އެންސްޕާ ގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫ އަށް އަރުވާގެނެއްނޫން. ވަޒީފާ ތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން. ވީމާ މި ނަތީޖާއިން ތިޔަ ތިން ރައީސުންނަށް މޮޅުތަކެއް ނުލިބޭ. ތިބޭފުޅުންނަށްވެސް ލިބޭނީ ނަތީޖާއިން ޝޮކެއް،". ކުރިގެ ތިން ރައީސުން އެކުވެ ހަދާފައިވާ ކޯލިޝަނަށް ފާޑުވިދާޅުވެ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ތިން ރައީސުން ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަމުންދިޔައިރު  ރައީސް މުއިއްޒު ގެންދެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެ  ތިން ރައީސުން ނެންގެވިހާ ލޯނު ދައްކަވައި ގައުމުގެ ރޭޓިން ރަގަޅުކުރެއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރައްވަމުންކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު