ENGLISH

07 ޖޫން 2026

Advertisement

މަރާމާތު މަސައްކަތެއް ކުރުމަށް، ދަންވަރު ހަތަރު ގަޑިއިރަށް އެއާޕޯޓް މަގު ބަންދުކުރަނީ

07 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް- ފޮޓޯ: ޕީއެސްއެމް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަރާމާތު މަސައްކަތެއް ކުރާތީ ފަސް ދުވަހުގެ މުއްދަތަކަށް، ދަންވަރު ގަޑީގައި އެއާޕޯޓް މަގު ބަންދުކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު އިއުލާނެއްގައި ވަނީ އެއާޕޯޓުގެ ޓާމިނަލް 2 ގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން 7 ޖޫން އިން ފެށިގެން 12 ޖޫން އާ ހަމައަށް ކޮޮންމެ ރެއަކު 12:00 އިން ފަތިހު 04:00 އަށް މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވަގުތުތަކުގައި R3، R4 އަދި R9 ގެ ބަސްތަކަށް މީހުން އަރުވާ ފޭބުމަށް ސައިކަލު ޕާކިން އޭރިއާ ބަސްހުއްޓި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެމްޓީސީސީ އިން ވަނީ މި ބަދަލުތަކާއި ގުޅިގެން އާންމުން ސަމާލުވުމަށް އެދިފައެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅާލައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

ވެލާނާ އެއާޕޯޓްގެ މަރާމާތުތަކަށް މީގެ ކުރިން ވެސް ބަސްރޫޓުތަކަށް ވަނީ އެކި ފަހަރުމަތިން ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން އެއާޕޯޓަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ޓާމިނަލް އެތެރޭގެ އުދުހުމަށް ބޭނުންކުރުމަށް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް އެއާޕޯޓު މަގުގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތު ކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކުރުމަށް ވެސް މީގެ ކުރިން މަގު ބަންދުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު