ENGLISH
07 ޖޫން 2026
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ސްޓްރަކްޗާ މަސައްކަތް ނިންމާލައިފި
07 ޖޫން 2026
|
އައިލެންޑް އޭވިއޭޝަނުގެ އައު އޮފީސް އިމާރާތް--ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އައިލެންޑް އޭވިއޭޝަނުގެ އައު އޮފީސް އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވީ ހާއްސަ ބަސްދީގަތުމެއްގައި އިޔާސް ވިދާޅުވީ، މާލޭގައި ތަރައްގީކުރާ އެ ކުންފުނީގެ އަމިއްލަ އޮފީސް އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ބާރު ސްޕީޑްގައި މަސައްކަތްކުރަމުން އަންނަ އިޔާސް ވިދާޅުވިއެވެ.
ކުންފުނީގެ މަސައްކަތް ކުރަމުން އަންނަނީ މާލޭގެ އެކި ތަންތަން ކުއްޔަށް ހިފައިގެންކަން އިޔާސް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ މައްސަލައަށް، އައު އޮފީސް އިމާރާތާއެކު ހައްލެއް ލިބިގެންދާނެކަމަށް އިޔާސް ވިދާޅުވިއެވެ.
އިޔާސް އިތުރަށް ފާހަގަކުރެއްވީ އެކުންފުނިން ހޯދާފައިވާ ކާމިޔާބުތަކެވެ. އެގޮތުން އެންމެ ދެ މަތިންދާބޯޓާއެކު ފެށި އޮޕަރޭޝަން މިހާރު ފުޅާވެ، 26 މަތިންދާބޯޓު އޮޕަރޭޝަންގައި ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު 50،000 އަށްވުރެ ގިނަ ފްލައިޓް އޮޕްރޭޓް ކުރަމުން އަންނަކަމަށާއި، މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން މޯލްޑިވިއަންގެ ފްލައިޓްއިން ދަތުރުކުރާކަމަށް އިޔާސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 1400 އަށްވުރެ ގިނަ ކަންވެސް ފާހަގަކުރެއްވިއެވެ.
"ވަރަށް މުހިންމު މަސައްކަތެއް މިއީ. އެހެންވީމަ އަމަލީ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް މި މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ފުރިހަމަކޮށް އިމާރާތުގެ ސްޓްރަކްޗާ އެއްކޮށް މިވަނީ ނިންމާލާފަ. އެހެންވީމަ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު މިވަނީ ނިންމާލާފަ، އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރުގެ ފަހުކޮޅު ނިމޭހިސާބުގައި މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވި ހުޅުވުމަކީ އަޅުގަނޑުމެންގެ އަމާޒު" އިޔާސް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ.
މި އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއްގެ މައްޗަށެވެ. މި އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންއަށް ކަމަށާއި އަދި ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.