ENGLISH
06 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ފާޅުކޮށްފި
06 ޖޫން 2026
|
ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުން ކުރިއަށްދަނީ. އިންތިހާބުގެ ނަތީޖާ ވަނީ އާއްމުކޮށްފަ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާ ފާޅުކޮށްފި އެވެ.
އިންތިޚާބުގައި ވާދަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަހުމަދު ސައީދު އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަބްދުﷲ ސޯދިގު އެވެ.
އިލެކްޝަންސް ކޮމިޝަނުގައި އާއްމުކޮށްފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ސޯދިގު އެވެ. ސޯދިގަށް 51.15 އިންސައްތަ ލިބިވަޑައިގަތެވެ. އެއީ 1375 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ސަޢީދުއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ 48.85 އިންސައްތައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯދިގަށް ކުރިލިބިވަޑައިގަތީ 62 ވޯޓުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބުނެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.
ބައި-އިލެކްޝަނުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހިއިރު އެވެ. ވޯޓުލުން ކުރިއަށްގެންދަން ނިންމީ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު ތިބުމާއެކު ވޯޓުލުމުގެ މުއްދަތު ހަވީރު 5 އާ ހަމައަށް އިތުރުކުރިއެވެ.
މި އިލެކްޝަނުގައި ހަތް ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ މާލޭގައި ދެ ފޮށި އަދި އައްޑޫ ސިޓީގައި ތިން ފޮއްޓެވެ.
މި ނަތީޖާއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ މިހާރުގެ އަދަދަކީ 74 އެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 13 އެވެ.
މިއަދުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރިނަމަވެސް، މި ފަހުން ބޭއްވި ގިނަ އިންތިހާބުތަކުގައި ކުރި ހޯދީ ޕީއެންސީންނެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެންމެ ގިނަ ގޮނޑި އާއި މިދިޔަ ދުވަސްތަކުގައި ބޭއްވި ބައި-އިލެކްޝަންތަކުންވެސް ޕީއެންސީން ވަނީ ކުރި ހޯދައިފައެވެ.