ENGLISH

21 މޭ 2026

Advertisement

ދ. މީދޫ ކައުންސިލް ރައީސްގެ އިތުރުބުރުގެ ވޯޓުނެގުމަށް 3 ވޯޓުފޮށި ބަހައްޓާނެ

21 މޭ 2026

|

ހަނާން އަހުމަދު ނައީމް

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ތެރެއިން- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ނެގުމަށް 3 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ވަނީ، ލޯކަލް ކައުންސިލް އިންތިހާބު 2026 ގެ ދ. މީދޫ ކައުންސިލްގެ ރައީސް މަގާމުގެ އިތުރުބުރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން އާންމުކޮށްފައިވާ ކަމަށެވެ.

އެގޮތުން، އިތުރުބުރުގެ ވޯޓު ނެގުމަށް 3 ވޯޓު ފޮއްޓެއް ބަހައްޓާއިރު، މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން ވޯޓުލުމަށް އެރަށުގައި ދެ ފޮށި ހުންނާނެއެވެ. އެއީ ދ. އަތޮޅު މަދަރުސާ، އިތާމުތް ކުލާސްރޫމުގައި އެއް ފޮށި އަދި އެލް.ކޭ.ޖީ ކުލާސްރޫމުގައި އެއް ފޮއްޓެވެ.

ބާކީ އިން ފޮއްޓަކީ މާލޭގައި ތިބި ދ. މީދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުން ވޯޓުލުމަށް ހަމަޖައްސާފައިވާ ފޮއްޓެވެ. މި ފޮށި ބަހައްޓާފައި ހުންނާނީ މާލެ، ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ލައިބްރަރީގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މީދޫ ކައުންސިލް ރައީސްގެ ވޯޓް ނެގުން ކުރިއަށް ދާނީ، ޖޫން 13 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓް ނެގުން އޮންނާނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު