ENGLISH

20 މޭ 2026

Advertisement

ނައިފަރުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ

20 މޭ 2026

|

އާމިނަތު ނުޒްލާ

ނައިފަރުގެ ބަނދަރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ

ފާދިއްޕޮޅު ނައިފަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. 

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. 

ނައިފަރު ބަނދަރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ

މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފަވަނީ 47.50 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުން ނިންމާގޮތަށެވެ.

ނައިފަރަކީ އާބާދީގައި 5700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އާބާދީ އިތުރުވުމާއެކު ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، އިތުރުވަމުންދާ އާބާދީއަށް އެކަށޭނަ ބަނދަރެއް ނޫނެވެ. މީގެކުރިންވެސް ދެފަހަރެއްގެ މަތިން ރަށުގެ ބަނދަރު ތަރައްޤީކޮށްފައިވެ އެވެ.

ނައިފަރު ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު