ENGLISH

20 މޭ 2026

Advertisement

ޗުއްޓީގައި ދަތުރުތައް ކުރާއިރު ގަދަކަނޑަށް ސަމާލުވުމަށް މެޓް އޮފީހުން ބުނެފި

20 މޭ 2026

|

ހަނާން އަހުމަދު ނައީމް

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ

ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޗުއްޓީގައި ދަތުރުކުރާއިރު އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މޫސުން ލަފާ ކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުތައް ގަދަވާނެއެވެ.

ރާއްޖޭގައި ހުޅަނގު މޫސުންވެސް މިހާރު ވަނީ ފެށިފައއިވާއިރު، ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، މި ދުވަސްވަރުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އަންނަ ހޮނިހިރުން ފެށިގެން ހޯމަ އާއި ހަމައަށް، މެދުރާއްޖެ ތެރެ އާއި އުތުރަށް އެވްރޭޖްކޮށް ވައި ހުންނާނީ 10 މޭލާއި 20 މޭލާއި ދޭތެރެގައި ކަމަށެވެ. އަދި އެ ތިން ދުވަހު އުތުރުގައި ވައިމަޑުވާނެ ކަމަށާއި، އެގޮތުން ވައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ ފަސް މޭލާއި 15 މޭލާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި މަހުގެ 26 އިން ފެށިގެން 29 އަށް މޫސުން ކުރިއަށް ލަފާކުރާ ގޮތުގައި މެދުރާއްޖެ ތެރެއާއި އުތުރަށް ކޮންމެވެސް ވަރަކަށް ވައިގަދަވެދަނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެގޮތުން، 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށާއި ދެކުނަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ކުރިއަށް އޮތީ ބޮޑު އީދުގެ ޗުއްޓީ ދުވަސްތަކަށް ވެފައި ދަތުރުތައް ޕްލޭން ކުރާއިރު، އެންމެ ރަނގަޅުވާނީ ވައި ހަމަ ހުންނާނެ ކަމަށް ބަލައިގެން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށް ބަލައިގެން ދަތުރުތައް ރޭވުން ކަމަށް މެޓް އޮފީހުން އިރުޝާދުދެއެވެ.

ކިޔުންތެރިންގެ ހިޔާލު