ENGLISH
20 އޭޕްރީލު 2025
ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
20 ޑިސެމްބަރު 2024
|
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާ ޑޮކިއުމަންޓް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަަލަގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު އާއި އޭނާގެ ކޮއްކޮ ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ދާދި ދެންމެއަކު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުން ގެންދާ ބިންވެރިޔާ ހައުސިންގ ސްކީމް އާއި ގުޅުންހުރި މައްސަލައަކާއި ގުޅިގެން ޖުމުލަ 20 މީހުން ފުރުން މަނާ ކުރުމުގެ އަމުރު ވަނި ނެރެފައި ކަމަށެވެ. އޭގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭކަމަށްވެސް ފުލުހުންގެ މެސެޖްގައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައެވެ.