ENGLISH
05 ޖުލައި 2025
އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި
20 ޑިސެމްބަރު 2024
|
ފުލުހުން ހައްޔަރު ކުރި މީހާ
ސައިކަލުގައި ދުއްވާފައި ދިޔަ އަންހެއްގެ ކަރުގައި އޮތް ފަށް ފޭރުނު ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި މާލޭގެ އަލިކިލޭގެފާނު މަގުންދިޔަ މީހަކު، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން މަސައްކަތް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ހަސަން ހިސާމް ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ 17:20 ހާކަށް ހާއިރު ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލުގައި ދިޔަ އަންހެން މީހާއާ އަރާ ހަމަކުރި އެހެން ސައިކަލެއްގައި އިން ފިރިހެނަކު ވަނީ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރުމަށް މަސައްކަތްކޮށްފައެވެ. އެކަން އޭނާއަށް ނުވުމުން ސައިކަލުން ފައިބައި އަންހެން މީހާގެ އަތްދަބަސް ފޭރެން މަސައްކަތް ކުރެއެވެ. ނަމަވެސް އަންހެން މީހާ މަގުގެ އެއް ފަރާތަށް ޖެހި ދުވާރު މައްޗަށް އެރުމުން ފޭރެން މަސައްކަތް ކުރި މީހާ އަށް އެކަން ނާކާމިޔާބުވިއެވެ. އަދި އެ ފިރިހެން މީހާ ވަނީ އޭނާ ދުއްވަން އިން ސައިކަލަށް އަރައިގެން ގޮސްފައެވެ. ފޭރެން އުޅުނު މީހާ ދުއްވި ސައިކަލް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.