ENGLISH

20 އޭޕްރީލު 2025

Advertisement

ަރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނަތްތެރިވާކަށް އެއްވެސް ފަރާތަކަށް ރައީސް ޖާގައެއް ނުދެއްވާނެ: ޝިޔާމް

20 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް

ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނަތްތެރިވާކަށް އެއްވެސް ފަރާތަކަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުޑަވެސް ޖާގައެއް ނުދެއްވާނެކަމަށާއި އެކަން މިއަދުވެސް ސާބިތު ކޮށްދެއްވައިފި ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

'އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރުގެ ތެރެއިން ހިނގާކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެ ކުރިން އެއްވެސް ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަމެއް ނޫންކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުން ކަމަށެވެ. އަދި  ދައްކަވާ ވާހަކަފުޅާއި އަމަލުފުޅު ދިމާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވީއިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ދަނީ ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ވިއްކާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އެ ކުންފުނީގެ ބޯޑު މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސްގެ ވާހަކަފުޅެއް ވެސް ހިއްސާކޮށްފައިވެއެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ މި ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެކަމުގެ ޔަގީންކަމެވެ.

ކިޔުންތެރިންގެ ހިޔާލު