ENGLISH

13 މޭ 2026

Advertisement

ދެއްވަދޫ އާއި ގެމަނަފުށީ ސްކޫލުގައި މަލްޓިޕާޕޯސް ހޯލްއެޅުމަށް އެފްޑީސީއިން ސާވޭ ފަށައިފި

13 މޭ 2026

|

ހަނާން އަހުމަދު ނައީމް

ގެމަނަފުށި - ފޮޓޯ: ސޯޝަލް މީޑިއާ

ގއ.ދެއްވަދޫ އާއި ގއ.ގެމަނަފުށީ ސްކޫލުގައި މަލްޓިޕާޕޯސް ހޯލްއެޅުމަށް (ފަހި ދިރިއުޅުން ކޯޕަރޭޝަން) އެފްޑީސީއިން ސާވޭ ފަށައިފިއެވެ.

އެފްޑީސީއިން ބުނީ ދެ ސްކޫލުގައި ވެސް ދަރިވަރުން ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ބޭނުންވާ މަލްޓިޕާޕޮސް ހޯލުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ދެރަށުގައި ވެސް ބިނާކުރެވޭ މަލްޓިޕާޕޮސް ހޯލްތަކުގެ ސަބަބުން ކުޅިވަރާއި ތައުލީމުގެ އެކި ހަރަކާތްތަކަށް ޖާގަލިބި، ދަރިވަރުންގެ ހުނަރުތައް ތަރައްޤީކޮށް، ފުރިހަމަ ތައުލީމެއް ފޯރުކޯށްދިނުމަށް ބާރު ލިބިގެންދާނެ ކަމަށް އެފްޑީސީއިން ދެކެއެވެ.

މި ސްކޫލުތަކުގައި އިމާރާތްކުރާ މަލްޓި ޕާޕޮސް ހޯލް އާއެކު ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު