ENGLISH
20 އޭޕްރީލު 2025
އައްޑޫއިން މާލެ ދަތުރުކުރި ބޯޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
19 ޑިސެމްބަރު 2024
|
ފޮޓޯ: އެމް.އެން،ޑީ.އެފް
އައްޑޫއިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ބޯޓަކުން ގެއްލުނު ނޭޕާލުގެ ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފިއެވެ.
"ސީމެކްސް" ބޯޓުން ގެއްލުނު ރާޖު ކުމާރު ނަމަކަށް ކިޔާ މީހާ ގެއްލިގެން ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
އެމް.އެން.ޑީ.އެފް އިން ވިދާޅުވީ އޭނާ ހޯދުމަށް ކަނޑު މަގުންނާއި ވައިގެ މަގުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، އަދިވެސް އޭނާ ނުފެންނަ ކަމުގައެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ރާޖު ކުމާރު ބޯޓުގައި ނެތްކަން އެނގުނީ އެބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވާ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
އެ ބޯޓު އައްޑޫން ފުރީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖު ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.