ENGLISH
05 ޖުލައި 2025
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ފަސް ސިޔާސީ ޕާޓީއަކަށް
19 ޑިސެމްބަރު 2024
|
އަންނަ އަހަރަށް ފާސް ކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ފަސް ޕާޓީއެއް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
މިގޮތުން 2025 ވަނަ އަހަރަށް ކަަނޑައަޅާފައިވާ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމް.ޑީ.އޭ) އެވެ.
މީގެކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ. ނަމަވެސް ޤާނޫނު އިސްލާހުކުރުމަށް ފަހު މިހާރު ވަނީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާގޮތަށް ކަނޑައަޅުއްވާފައެވެ.
މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުން ވެސް 44 މިލިޔަން ރުފިޔާ 6 ސިޔާސީ ޕާޓީއަކަށްވަނީ ދޫކޮށްފައެވެ.