ENGLISH

05 ޖުލައި 2025

Advertisement

ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސް ނުދެއްވާނެ: މިނިސްޓަރ އާދަމް ޝަރީފް

19 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކޮަރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށާއި އެކަން ރައީސްގެ ނިންމެވުންތަކުން ސާފުވާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

އެކްސްގައި މިނިސްޓަރ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސަށް އެނގިވަޑައިގެން ހިންގިޔަ ނުދެއްވާނެއެވެ. 

"އެ ޔަގީންކަން އެބައޮތް،" އާދަމް ޝަރީފްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. 

މިކަމަށް ބާރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަކެއް ހަފްލާއެއްގައި ވަރަށް ސާބިތު ކަމާއެކު ވާހަކަފުޅު ދައްކަވާފައެވެ؛ އެންމެ ފުރަތަމަ މިސާލް މި ނަގަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅަކުންނެވެ. 

"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެކަން ކުރާ ފަރާތެއް ފާހަގަ ވެއްޖެއްޔާ އަޅުގަނޑު އިސްވެ އެކަމަށް ފުރަތަމަ ފިޔަަވަޅު އަޅާނީ. އިހްލާސްތެރި ތެދުވެރި މަސައްކަތެއްކުރަން ނޫނިއްޔާ އަޅުގަނޑުގެ ޓީމަކަށް މީހަކަށް ނާދެވޭނެ. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ސީރިއަސް މަސައްކަތް ކުރަން. ރައްޔިތުންނަށް ނަތީޖާ ނެރެ ދައްކުވަދޭން،" -  ރައީސް ވިދާޅުވެފައިވެއެވެ. 

މި މޭރުމުން އެކަނިކުފާނު ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާފައި އެބަހުއްޓެވެ. ހަމައެކަނި ވާހަކަ ދެއްކެވުން އެކަންޏެއް ނޫނެވެ. އަމަލީ ގޮތުން އެކަން ސާބިތުވެސް ކޮށްދެއްވައިފިއެވެ. މިފްކޯގެ ސީއީއޯ މަގާމުން ވަކިކުރެއްވީ ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތުގައެވެ. އެއީ އަރިސް ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވަޢުދުފުޅު ތަންފީޒުކުރެއްވުމުގައި ފަސް ޖެހިވަޑައި ނުގެންނެވިއެވެ. ޢަމަކުން ނަތީޖާ ދެއްކެވިއެވެ. ކޮރަޕްޝަނަށް ރުހިވަޑައިނުގަންނަވާނެކަން ސާބިތުކޮށް ދެއްވިއެވެ. 

ދާދި ފަހުން ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކުރެއްވީވެސް އޭނަގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ތަހުގީގުކުރަމުން ދަނިކޮށެވެ. އެއީ ޕީއެންސީގެ އިސް ހިންގުންތެރިއެއް ނަމަވެސް، ރައީސް އިސްކުރެއްވީ ގައުމީ މަސްލަހަތާއި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރެއްވުމުގެ މަތިވެރި ހިކުމަތު ޢަމަލެވެ. މިކަމުން ދޭހަކޮށްދެނީ ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް ކޮރަޕްޝަނަށް އެމަނިކުފާނު އާނބަސް ވިދާޅުނުވާނެ ކަމެކެވެ. އެއީ އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ފަދައިންނެވެ. 

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާނެ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓްނުވެ ހިންގާނަންކަން. ހަމަ އެހެންމެ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގަ ހަމަ އެފަރާތަކާމެދު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅާނެކަން. އެކަމުގައި އަޅުގަނޑުމެން އެއްވެސް ވަރަކަށް ޚިޔާލު ތަފާތުވުމެއް ނޯންނާނެކަން،" - ރައީސް ވިދާޅުވިއެވެ. 

މިކަމުގައި ރައީސް ގެންދަވަނީ އޭރުވެސް މިހާރުވެސް ސާބިތުކަން ދައްކަވަމުންނެވެ. އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އެބައޮތެވެ. އެއީ އެމަނިކުފާނުގެ ސަރުކާރު ވާނީ ސާފު އަދު ދެފުށް ފެންނަ ކޮރަޕްޝަނާ ދުރު ސަރުކާރެއް ކަމެވެ. 

ފާއިތުވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ޝުކުރު ދެންނެވުމަށް 2 އޮކްޓޫބަރު 2023 ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކަންކަން ހިންގުން މަދުކޮށް، ސާފު ސަރުކާރެއް ރައްޔިތުންނަށް ހިންގަވައި ދެއްވުމަށްޓަކައެވެ. 

ޕީއެންސީގެ އިސްވެރިންވެސް ކޮރަޕްޝަނުގެ ކަންކަމުގައި ރައީސް ޑރ. މުޢިއްޒުއަށް އިންތިހާއަށް އިތުބާރުކުރައްވައެވެ. އަދި ކޮރަޕްޝަނަށް ދޫ ނުދެއްވާނެކަން ޕާޓީގެ އިސްބޭފުޅުންނާއި ވަޒީރު ބޭފުޅުންނާއި ޕީއެންސީގެ ސަޕޯޓަރުންވެސް ގެންދަނީ ފާޙަގަ ކުރަމުންނެވެ. އެހެންވެރިންނާއި ރައީސް ޑރ. މުޢިއްޒުއާ ހުރި ތަފާތަކީމިއެވެ. 

އެަނިކުފާނު ސަރުކާރުގެ ބޭފުޅަކު ކޮރަޕްޝަން ހިންގިކަން ސާބިތުވެއްޖެނަމަ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް، ފަސް ޖެހިވަޑައިގަތުމެއް ނެތި ކެރިވަޑައިގެން ފިޔަވަޅު އަޅުއްވާނެކަން ރައްޔިތުން ގަބޫލުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު