ENGLISH
05 ޖުލައި 2025
ކޮރަޕްޝަން ނިމުމަކަށް ގެނައުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން: މެމްބަރު މަމްދޫހު
19 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި މެމްބަރު މަމްދޫހު ވާހަކަ ދައްކަވަނީ
ދިވެހި ރާއްޖޭގައި އޮތް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށް ފުނަދޫ ދާއިރާގެ މެމްބަރ، މުޙައްމަދު މަމްދޫހު ރޭ ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ މި ސަރުކާރުން ގޯހެއް ހިނގައިފާނެ ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން ހުއްޓުވުމަކަށް ގެންނަ ކަމަށެވެ. މީގެ އިތުރުން މެމްބަރު މަމްދޫހު ވިދާޅުވީ ފެނަކަ ދަރާފައިވާއިރު ނިމިދިޔަ ސަރުކާރުން ވަނީ ފެނަކައިގެ ތެރޭގައި ބޮޑު ޚިޔާނާތެއް ހިންގާފައި ކަމަށެވެ. އަދި މި ވާހަކަ އޭރުގެ ރައީސްގެ މޭޒުކޮޅަށް ގެންދިއުމުން، އެބަޔަކު މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބާރުގެ ތެރެއިން ބޭރުކޮށްލީ ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކާއި މަޖިލީހާ ގުޅިގެން އެކަންކަން ނިމުމަކަށް ގެންނަން މަސައްކަތްކުރާތަން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި މި ހިނގާފަހުރި ކަންތައްތަކުން ފެންނަން އޮންނާނެ. އަޅުގަނޑުމެންގެ ކޮމިޓީތަކަށް އެ ކުންފުނީގެ އިސްވެރިންތައް ހާޒިރުކޮށް، ވައްކަމާ އަދި އެ ނޫން ވެސް ކަންކަން ގޯސްކޮށް ހިނގާ ކަންކަން، މާޒީގެ ތެރެއިން ގޯސްކޮށް ހިނގަމުން އައި ކަންކަން، ނިމުމަކަށް ގެނައުމަށް މަޝްވަރާކުރެވި ވާހަކަ ދެކެވި އަދި ބައެއް ކަންކަން ތަންފީޒު ކުރެވެމުން މިހާރު ވެސް އެ ދަނީ،" މެމްބަރު މަމްދޫހު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ތެރެއިން ކަމެއް ހިނގި ނަމަވެސް އެ ކަންކަން ވެސް ބަލަން އޮންނަ އުސޫލެއްގެ ތެރެއިން ބެލިގެންދާ މަންޒަރު ފެންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިއާ ޚިލާފަށް ފެނިގެންދިޔައީ ކުރީގެ ސަރުކާރުން މިފަދަކަމެއް ހިނގައިފި ނަމަ، ވީހާވެސް ބޮޑަށް އެކަމެއް ފޮރުވަން މަސައްކަތްކުރި މަންޒަރު ކަމަށް ވެސް މެންބަރު މަމްދޫހު ވިދާޅުވިއެވެ.