ENGLISH
05 ޖުލައި 2025
އިމަޖެންސީގައި މާލެ ގެނެސް، އުއްތަަމަ ފަނޑިޔާރަށް ހޮސްޕިޓަލްގައި ފަރުވާދެނީ
19 ޑިސެމްބަރު 2024
|
ފޮޓޯ: ޕީއެސްއެމް ނިއުސް
ބ. ފުޅަދޫގައި ޗުއްޓީއެއްގަ އުޅުއްވަނިކޮށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ލިބިވަޑައިގެންނެވި އަނިޔާ އަކަށް ފަރުވާދިނުމަށް، ރޭ ދަންވަރު މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
މައިބަދައަށް ލިބިވަޑައިގެންނެވި އަނިޔާއެއްގައި އުއްތަމަ ފަނޑިޔާރަށް ފަރުވާދެމުންދާއިރު، އެމަނިކުފާނަށް ހިނގާބިނގާވެ އުޅުއްވަންވެސް ދައްޗެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ސުޕްރީމް ކޯޓު މި ވަގުތު ވަނީ ޗުއްޓީގައެވެ.