ENGLISH

10 މޭ 2026

Advertisement

ކުޑަރިކިލު ސްކޫލުގެ އައު ކްލާސްރޫމުގެ ކޮންކްރީޓް މަސައްކަތް ނިމެނީ: އެމްޓީސީސީ

10 މޭ 2026

|

ހަނާން އަހުމަދު ނައީމް

ކުޑަރިކިލު ސްކޫލުގައި ގާއިމުކުރާ އައު ކުލާސްރޫމުތަކުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

ބ. ކުޑަރިކިލު ސްކޫލުގައި އިމާރާތްކުރާ އައު ކްލާސްރޫމްތަކުގެ ކޮންކްރީޓް މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ކުލާސްރޫމްތަކުގެ ކޮންކްރީޓް މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ކުޑަރިލި ސްކޫލުގައި އެމްޓީސީސީ އިން ހަވާލުވެގެން އެޅުމަށް ހަމަޖެހިފައިވަނީ 4 ކްލާސްރޫމެވެެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ފުރަތަމަ ފަންގިފިލާގައި ސްލެބް ކާސްޓުކުރުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

މި މަޝްރޫއަކީ ތައުލީމާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްދާ މަޝްރޫއެކެވެ.

ކުޑަރިކިލު ސްކޫލްގެ އައު ކްލާސްރޫމުގެ ކޮންކްރީޓް މަސައްކަތް ނިމެނީ: އެމްޓީސީސީ

ކުޑަރިކިލު ސްކޫލްގެ އައު ކްލާސްރޫމްތައް އެޅުމުގެ 

 

ކިޔުންތެރިންގެ ހިޔާލު