ENGLISH
05 ޖުލައި 2025
ފަޒުލްގެ ބޭބެ ފަޒީލް އެމްޑަބްލިއުއެސްސީން ސަސްޕެންޑްކޮށްފި
19 ޑިސެމްބަރު 2024
|
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލާގައި ފުލުހުން ފަށާފައިވާ ތަޙުޤީޤާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އެ ކުންފުނިން މިއަދު ސަސްޕެންޑްކޮށްފި އެވެ.
އެމްޑަބްލިއުއެސްސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހުރިހާ ޒިންމާތަކަކުން ފަޒީލް ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރީ ފުލުހުން ފެށި ތަހުގީގަށް ޖާގަދިނުމުގެ ގޮތުން ކަމަށެވެ. އޭނާ އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމީ ކުންފުނީގެ ބޯޑުންނެވެ.
މީގެ އިތުރުން މި ތަޙުޤީޤަށް ޖާގަ ދިނުމުގެ ގޮތުން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ފަޒީލް އަކީ އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ.