ENGLISH

10 މޭ 2026

Advertisement

އެމްޓީސީސީގެ ޑީއެމްޑީ ހަތަރު މަޝްރޫއެއްގެ އަދާހަމަ ބައްލަވައިފި

09 މޭ 2026

|

ފާތުމަތު އަދާ

އެމްޓީސީސީގެ އެމްޑީ ހަތަރު މަޝްރޫއެއްގެ އަދާހަމަ ބެއްލެވުން

އިއްޔެގެ ވަގުތެއްގައި އެމްޓީސީސީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ޖަމްޝީދް އަދި އެ ބޭފުޅާގެ ޓީމުން ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ސައިޓުތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެމްޓިސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ޑީއެމްޑީ އަދި އެ ބޭފުޅާގެ ޓީމުން ބ.މާޅޮސް ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށާއި، މާޅޮސް ޕޮލިސް ސްޓޭޝަން އިމާރާތްކުރާ ސަރަހައްދަށާއި، ޅ.ނައިފަރު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުގެ އިތުރުން ނައިފަރު ބަނދަރު ތަރައްޤީކުރާ ސަރަހައްދަށް ވަނީ ޒިޔާރަތްކޮށްފައެވެ.

 ބ.މާޅޮސް ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ 69 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައެވެ. މާޅޯހު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮގަސްޓުމަހުއެވެ.

ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ފެއްޓެވި މަޝްރޫއެކެވެ. މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޅ.ނައިފަރު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ 47.50 މިލިއަން ރުފިޔާއަށް،އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު