ENGLISH

05 ޖުލައި 2025

Advertisement

އެޗްޑީސީގެ މައްސަލަ ތަހުގީގުކުރަމުން ގެންދަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އަމިއްލަ އިސްނެގުމަށް: ޕޮލިސް

19 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އެޗްޑީސީ ހިންގަމުން އަންނަ އިމާރާތް

އެޗްޑީސީގެ މައްސަލަ ތަހުގީގުކުރަމުން ގެންދަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އަމިއްލަ އިސްނެގުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ. 

ފުލުހުން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ "ބިންވެރިޔާ" ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވަނީ "ޑޮކިއުމަންޓް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް" ކަމަށެވެ. 

ދިވެހި ފުލުހުން މިހާރު އެޗްޑީސީގައި ކުރިއަށް ގެންދާ ތަހުގީގަށް މަގުފަހި ކުރުމުގެ ގޮތުން، އެޗްޑީސީގެ ޗެއާމަން ފިޔަވައި، މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން، ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. 

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށެވެ.

އެޗްޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށުމާއެކު އިމަޖެންސީގައި ކުރަން ޖެހޭ ޚަރަދެއް ފިޔަވައި ކުންފުނީގެ މާލީ އިތުރު މުޢާމަލާތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށްކުންފުނީގެ އޮޑިޓަރ ވަނީ އަންގަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު